މިއަދު ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

އަދަދު

8 ޑިސެމްބަރު 2025 | ހޯމަ | 8:13

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެ ކުންފުނިން އެކްސްގައި ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މިއަދު ހެނދުނު އަދި މެންދުރު ފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ.

ހެނދުނު 9:30 އިން 11:00 އާ ދެމެދު ކަރަންޓު ކެނޑޭނީ އަނޯނާ ގޯޅި، ސަބުދެރިޔާ މަގު އަދި ސަތަރު ގޯޅި ހިމެނޭ ސަރަހައްދުން ކަމަށް ބުނެފައިވެ އެވެ. އަދި 2:00 އާއި 2:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ ހިލާލީ މަގު އަދި އިސްކަންދަރު މަގު ހިމެނޭ ސަރަޙައްދުން ކަމަށެވެ.

މައުޟޫޢުތަށް