ޖަޕާނުގެ ހިލޭ އެހީގައި މާލޭގައި މިކްސް ޔޫޒް މާރުކޭޓެއް އަޅަނީ
އަދަދު
8 ޑިސެމްބަރު 2025 | ހޯމަ | 11:08
މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ޖަޕާނުގެ ހިލޭ އެހީގެ ދަށުން މިކްސް ޔޫޒް މާރުކޭޓެއް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އެ ގައުމާއެކު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީއިން ހިނގާ މަޝްރޫއުއެއްގެ ގޮތުގައި އެ މަޝްރޫއު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކީގައި ވެސް ވާހަކަދެކެވި، މަސައްކަތް ފެށިފައި، ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ފޮނުއްވަވާނެ އެ ބޭފުޅުން،" މުއިއްޒު ވިދާޅުވި އެވެ.