މާރާމާރީ ހިންގި ފުލުހަކު ކޯޓުގައި ބުނީ އެ ދުވަހު ހުރީ ހަމައިގައެއް ނޫން ކަމަށް
އަދަދު
8 ޑިސެމްބަރު 2025 | ހޯމަ | 12:08
މިދިޔަ ހުކުރު ދުވަހު ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން އޭނާ އެކަން ކުރި ދުވަހު ހުރީ ހަމައިގައި ނޫން ކަމަށް ބުނެފި އެވެ.
ފުލުހުންގެ ވަޒީފާގައި އުޅޭ ސ. ހިތަދޫ، އަސަރީވިލާ، އަލީ މަނިކު، 43 ކޯޓުގައި ބުނީ ގިނަ ދުވަސްތަކެއް ނުނިދާ ހުރުމުން މާރާމާރީ ހިންގި ދުވަހު ހުރީ ހަމައިގައި ނޫން ކަމަށެވެ.
"މީނާއަކީ ކުރިން ވެސް އެތަނަށް ދާ މީހެއް ކަމަށާއި، ގިނަ ދުވަސްތަކެއް ނުނިދާ ހުރުމުން އެދުވަހު ހުރީ ހަމައިގައި ނޫން ކަމަށް ބުނި،" ފުލުހުން އޭނާއާ ހަވާލާދީ ކޯޓުގައި ބުންޏެވެ.