ޗެއާޕާސަންގެ މަގާމާ ހަވާލުވެ ޣަފޫރު ދިނީ ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ނުކުރާނެ ކަމުގެ ޔަގީންކަން

އަދަދު

8 ޑިސެމްބަރު 2025 | ހޯމަ | 9:43

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ނުކުރާނެ ކަމުގެ ޔަގީންކަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ ޕާޓީގެ މެންބަރުންނަށް މިރޭ ދީފި އެވެ.

ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު ވަނީ އިންތިހާބުކޮށްފަ އެވެ.

އެ މަގާމަށް އިންތިހާބުވުމާއެކު ޣަފޫރު ވަނީ އޭނާއަށް ތާއިދުކޮށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް ކޮށްދެއްވި މަސައްކަތްތަކަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

މައުޟޫޢުތަށް