ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ޣަފޫރު
އަދަދު
9 ޑިސެމްބަރު 2025 | އަންގާރަ | 6:32
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ އިންތިހާބު ކުރި އެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް ޣަފޫރު އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ.
"އަޅުގަނޑަށް އިތުބާރު ކުރައްވައި ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ހިތުގެ ހާލިސްކަމާއެކު ޝުކުރު ދަންނަވަން. އެއާއެކު ކުރިން ޗެއާޕާސަނެއްގެ މަގާމު ފުރުއްވަމުން ގެންދެވި ފައްޔާޒު އިސްމާއީލް އެ މަގާމުގައި ހުންނަވައި ޕާޓީއަށް ކޮށްދެއްވި ހިދުމަތަށްޓަކައި ހުރިހާ ބޭފުޅުންގެ ނަމުގައި ޝުކުރު ދަންނަވަން،" މަގާމާ ހަވާލުވުމަށް ފަހު ޣަފޫރު ވިދާޅުވި އެވެ.