ޖަޕާނަށް އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމުގައި 23 މީހަކަށް އަނިޔާވެއްޖެ
އަދަދު
9 ޑިސެމްބަރު 2025 | އަންގާރަ | 5:59
ޖަޕާނުގެ އިރުއުތުރުގެ ސަރަހައްދުތަކަށް ރޭ އައި 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުމުގައި 23 މީހަކަށް އަނިޔާވެއްޖެ އެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ރޭ 11:15 ހާއިރު ބިންހެލުން އައިސްފައި ވަނީ އައޮމޯރީ ޕްރިފެކްޗާގެ އައްސޭރިފަށާ ދިމާލުން ކަނޑުގެ 50 ކިލޯމީޓަރު އަޑިއަށެވެ.
ބިންހެލުމާ ގުޅިގެން ހޮކައިޑޯ، އައޮމޯރީ އަދި އިވާޓޭ ޕްރިފެކްޗާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރުނެވެ. ނަމަވެސް، ފަހުން މި އިންޒާރު އުވައިލި އެވެ.