ގަވާއިދާ ހިލާފު ނުވަން، ސަސްޕެންޑުކުރީ އިންތިހާބަށް ނުފޫޒު ފޯރުވަން: ހޯރަފުށި ކައުންސިލް ރައީސް

އަދަދު

9 ޑިސެމްބަރު 2025 | އަންގާރަ | 12:54

ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް ހުއްދަ ދީގެން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން މައްސަލަތަކެއް ބެލުމަށް ފަހު، ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރަނީސް މަގާމުން ސަސްޕެންޑުކުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވަހީދު އަދަދު އަށް ވިދާޅުވީ އޭނާއަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އެލްޖީއޭއިން ތަކުރާރުކޮށް ބުނަމުން އައިސް މި ދަނޑިވަޅުގައި ފިޔަވަޅު އެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އޭގައި އެތައް ދުވަހެއްގެ ކުރިން ފިޔަވަޅު އަޅާނެ ކަމަށް ބުނަމުން ބުނަމުން އައިސްފައި މިވަގުތު ފިޔަވަޅު މި އެޅީ އެއީ ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ކުރި ކަމެއް. އެ ނޫން އިތުރު އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް