32 އަހަރުގެ އަންހެނަކު އޭނާގެ 64 އަހަރުގެ ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދީފި

އަދަދު

9 ޑިސެމްބަރު 2025 | އަންގާރަ | 2:19

މާލޭގައި އަންހެނަކު އޭނާގެ ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ދެ ލޯބިވެރިންގެ ދެމެދު ހިނގި ޒުވާބު މާރާމާރިއަކަށް ބަދަލުވެ، އެކަކަށް ހަމަލާދިން މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހެދުނު 10:00 ހާއިރު ކަމަށެވެ.

މި މައްސަލާގައި ތޫނު އެއްޗަކުން އޭނާގެ ލޯބިވެރިޔާއަށް ހަމަލާދިނީ 32 އަހަރުގެ އަންހެނެކެވެ. ޒަހަމްވީ އެ އަންހެން މީހާގެ 64 އަހަރު ލޯބިވެރިޔާ އަށެވެ. މިއީ ކޮން ގައުމެއްގެއް ދެ މީހުން ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެ އެވެ.

މައުޟޫޢުތަށް