ހެކިބަސްދޭން އެބަ ފަސްޖެހޭ، ރައްކާތެރިކަން މިހާރަށްވުރެ ބޮޑަށް ކަށަވަރުވާންޖެހޭ: ގާޒީ

އަދަދު

9 ޑިސެމްބަރު 2025 | އަންގާރަ | 7:06

ހެކިވެރިން ހެކިބަސް ދިނުމަށް ފަސް ޖެހެމުންދާ ކަމަށާއި މިހާރަށްވުރެ ބޮޑަށް ހެކިވެރިންނަށް ރައްކާތެރިކަން ކަށަވަރުވާން ޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވެއްޖެ އެވެ.

ގދ. ފަރެސްާތޮޑާ، ކޮކާ، އިބްރާހިމް އާގިލްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތުގެ މައްޗަށް އިއްވި މަރުގެ ހުކުމުގައި އަލީ އާދަމް ވިދާޅުވީ ހެކިންގެ ސަލާމަތާ ރައްކާތެރިކަން އޮތް މިންވަރު މިހާރަށްވުރެ ބޮޑަށް ތަހުގީގީ އިދާރާތަކުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

"މިފަދަ މައްސަލަތަކުގައި ހެކިންނަށް ފުރިހަމަ ސަލާމަތާ ރައްކާތެރިކަން އޮތް މިންވަރު މިހާރަށްވުރެ ބޮޑަށް ހެކިމީހާއަށް ކަށަވަރުކޮށްދެވޭ މިންވަރު ތަހްގީގީ އިދާރާތަކާއި ކަމާގުޅުންހުރި މުއައްސަސާތަކުން ކަންކަން ހަމަޖައްސައިދޭންޖެހޭ،" ގާޒީ ވިދާޅުވި އެވެ.

މައުޟޫޢުތަށް