ސިޔާމްގެ ނަސޭހަތެއް: މުއައްސަސާތަކުގެ ވެރިން ވައްކަމުގެ އަމަލުތަކުން ދުރުހެލިވޭ
އަދަދު
9 ޑިސެމްބަރު 2025 | އަންގާރަ | 8:12
މުއައްސަސާތަކުގެ ވެރިން ވައްކަމގެ ހަޑިމުޑުދާރު އަމަލާ ދުރުހެލިވުމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ނަސޭހަތްތެރިވެއްޖެ އެވެ.
ދުނިޔޭގެ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ސިޔާމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއައްސަސާތަކުގެ ވެރިންނާއި ޖުމްލަކޮށް ހުރިހާ ދިވެހިން ވައްކަމުގެ ނުބައި އަމަލާ ދުރުހެލިވެ ތިބުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
"ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި އެންމެހައި ވެރިންނަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވައްކަމުގެ ހަޑިމުޑުދާރު އަމަލާ ދުރުހެލިވުމަށް އަޅުގަނޑު ނަސޭޙަތްތެރިވަން،" ސިޔާމް ވިދާޅުވި އެވެ.