2.7 ބިލިއަންގެ މަޝްރޫއު ސިއްރުން ބަހާލުމަށްފަހު، "ރާއްޖެ އޮތީ ދެފުށް ފެންނަ ނިޒާމެއްގައި" ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އަދަދު

9 ޑިސެމްބަރު 2025 | އަންގާރަ | 11:35

ބީލަމަކަށް ނުލައި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ސިއްރުން ބަހާލާފައި ވާއިރު، ރާއްޖެއަކީ ހާމަކަން ބޮޑު ނިޒާމެއް އޮތް ގައުމެއް ކަމަށް ރައީސް މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތާ ގުޅިގެން މުއިއްޒުއާ ހަވާލާދީ ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ "ދިވެހިރާއްޖެ ސާބިތުވެ އޮތީ، ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ގައުމެއްގެ ގޮތުގައި" ކަމަށެވެ.

ނަމަވެސް ސަރުކާރުން ހިންގާ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތަފްސީލު ހާމަކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. ހާއްސަކޮށް 2.7 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުތައް، ވާދަވެރި ބީލަމަކަށް ނުލައި، އެ މަޝްރޫޢުތައް ކުދިކުދި ބައިތަކަށް ބަހާލައިގެން "ސިއްރުވެރި" ގޮތަކަށް ވަކި ބަޔަކަށް މަންފާ ވާ ގޮތަށް ހަވާލުކޮށްފައި ވާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މައުޟޫޢުތަށް