ހުލާސާކޮށް އިއްޔެ: ނަޝީދުގެ މެސެޖު

އަދަދު

10 ޑިސެމްބަރު 2025 | ބުދަ | 6:10

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުުލް ޣަފޫރު މޫސާ ހޮވިވަޑައިގަތުމާ ގުޅިގެން، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއްބާރުލުން ދެއްވާނެ ކަމަށް އިއްޔެ ވިދާޅުވި އެވެ.

ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޕާޓީގެ އެއްބައިވަންތަކަން ހިފެހެއްޓެވުމަށް އެދިވަޑައިގެންފައިވެ އެވެ.

"އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، އެމްޕީ އަބްދުލް ޣަފޫރަށް މަރުހަބާ. ޕާޓީގެ އެއްބައިވަންތަކަށް އޮބަހައްޓަވާ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބަށް ވާސިލު ވާން ކުރަޖެހޭ މަސައްކަތްތަކުގައި އަޅުގަނޑުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ،" ނަޝީދު ވިދާޅުވިއެވެ.

މައުޟޫޢުތަށް