ހައިކޯޓުގެ ފަނޑިޔާރު ނިޔާޒު ރަސްމީކޮށް ރިޓަޔާކުރައްވައިފި
އަދަދު
10 ޑިސެމްބަރު 2025 | ބުދަ | 10:46
ހައި ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު ފަނޑިޔާރު މުހައްމަދު ނިޔާޒު ރަސްމީކޮށް ފަނޑިޔާރުކަމުން އިއްޔެ ރިޓަޔާ ކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދެވި ނިޔާޒު ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައި މިވަނީ އޭނާ ހިމެނޭ ގޮތަށް ފަސް ފަނޑިޔާރުންގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައި ވަނިކޮށެވެ.
ފަސް ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާކަން ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ. އަދި ބައެއް ފަނޑިޔާރުންނަށް ވަނީ ހާޒިރުވުމުގެ ނޯޓިސް ފޮނުވިކަން ވެސް ވަނީ އެނގިފަ އެވެ.