ގާނޫނަށް ގެނައި އިސްލާހާއެކު މިފަހަރުގެ އިންތިހާބުގައި ހޮވާ ކައުންސިލަރުންގެ އަދަދު 646 އަށް ވެއްޓިއްޖެ
އަދަދު
10 ޑިސެމްބަރު 2025 | ބުދަ | 11:24
އަންނަ އޭޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްރަށުގެ ކައުންސިލްތަކަށް މެންބަރުން ހޮވާ އަދަދާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން ހޮވާ ދާއިރާތައް އިއުލާނުކޮށް، އެ ތަފުސީލުތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ހުޅުވާލައިފި އެވެ.
އަންނަ އަހަރު ބާއްވާ އިންތިހާބުގައި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހިމެނޭހެން ޖުމްލަ 646 ކައުންސިލަރުން ހޮވާނެ އެވެ. އެއީ 2021 ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްވުރެ 336 ކައުންސިލަރުން މަދު އަދަދެކެވެ.
ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން މަޖިލީހަށް ހުށަހަޅައި ގެނައި އިސްލާހާއެކު ކައުންސިލްތަކުގައި ހިމެނޭ މެންބަރުންގެ އަދަދަށް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެ އިސްލާހާއެކު، ކުރިއަށް އޮތް އިންތިހާބުގައި އާބާދީގައި 2000 މީހުން ހަމަނުވާ ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ފަހަކުން ތިނަކަށް ބަދަލުވާނެ އެވެ.