64 އަހަރުގެ ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދިން 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފި
އަދަދު
10 ޑިސެމްބަރު 2025 | ބުދަ | 2:36
މާލޭގައި 64 އަހަރުގެ ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ ލޯބިވެރިންގެ ދެމެދު ހިނގި ޒުވާބު މާރާމާރީއަކަށް ބަދަލުވެ، އަންހެން މީހާ ވަނީ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައި ކަމަށެވެ.
މައްސަލައާ ގުޅިގެން 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.