މަސްވެރިންގެ މުޒާހަރާއަށް ކޯސްޓް ގާޑުން ހުރަސް އެޅުން ސައިފް އާއި ނާޒިމާ ކުށްވެރިކޮށްފި
އަދަދު
10 ޑިސެމްބަރު 2025 | ބުދަ | 7:26
މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑުކަންނެލި މަސްވެރިން މިއަދު އޮޑިފަހަރުގައި މުޒާހަރާ ކުރަން މާލޭ ފަޅަށް ވަންނަން އުޅެނިކޮށް އެކަމަށް ހުރަސް އެޅި މައްސަލަ މާލޭ ސިޓީ ކައުންސިލުގެ ދެ މެންބަރަކު ކުށްވެރިކޮށްފި އެވެ.
މަސްވެރިންގެ މުޒާހަރާއަށް ކޯސްޓް ގާޑުން ހުރަސް އަޅައި އޮޑިފަހަރަށް ނުވަދެވޭނެ ގޮތަށް ނެރު ބެއްދި މައްސަލަ ކުށްވެރި ކުރަނީ ކައުންސިލް މެންބަރު ސައިފް ފާތިހު އާއި މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް އެވެ.
ސައިފް އާއި ނާޒިމާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ބެލެނިވެރި ފަރާތް ކަމަށްވާ މާލޭ ސިޓީ ކައުންސިލަށް ނާންގައި ކޯސްޓް ގާޑަށް ނެރު ނުބެއްދޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ ހިޔާލު ފާޅު ކުރުމަށްޓަކައި އެއްވާން އެންމެ އެކަށީގެންވާ ތަނަކީ ވެރި ރަށް މާލެ ކަމަށެވެ.