"ރިސެޓް" ގެ ނަމުގައި ޔާމީންގެ ޕީއެންއެފް އިން ސިޔާސީ ހަރަކާތެއް ފަށަނީ
އަދަދު
10 ޑިސެމްބަރު 2025 | ބުދަ | 8:26
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން "ރިސެޓް" ގެ ނަމުގައި ސިޔާސީ ހަރަކާތެއް ފަށަން ތައްޔާރުވެއްޖެ އެވެ.
"ރިސެޓް" ގެ ނަމުގައި ފަށާ ހަރަކާތް އިފުތިތާހު ކުރަން ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހެވެ. ނަމަވެސް އެ ހަރަކާތުގެ އިތުރު މައުލޫމާތެއް ޕީއެންއެފް އިން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
މީގެ ކުރިން "ރައިޒް އަޕް" ގެ ނަމުގައި ވެސް ޔާމީން އިސްވެ ހުންނަވައި ވަނީ ސިޔާސީ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތްތައް އަމާޒުކޮށްފައި ވަނީ ޒުވާނުންނަށެވެ. އަދި "ވޭކް އަޕް" ގެ ނަމުގައި ވެސް ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ.