އައްޑޫ ހައި ސްކޫލްގެ ޓީޗަރު ސަސްޕެންޑުކޮށް, ދަރިވަރަށް ވެސް ފިޔަވަޅު އަޅަނީ
އަދަދު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 11:36
އައްޑޫ ހައި ސްކޫލްގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު އިއްޔެ ހިނގި މާރާމާރީއާ ގުޅިގެން ޓީޗަރު ސަސްޕެންޑުކޮށް، ދަރިވަރަށް ވެސް ފިޔަވަޅު އަޅަން ނިންމާފައިވާކަން އަދަދު އަށް އެނގިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ޓީޗަރާއި ދަރިވަރު މާރާމާރީ ހިންގި ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ. އޭގެއިތުރުން ޓީޗަރަށް ދަރިވަރު އެކި ގޯނާތައް ކުރާ ވީޑިއޯތައް ވެސް ދަނީ ދައުރުވަމުންނެވެ.
މި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު އަދަދު އަށް ވިދާޅުވީ ދަރިވަރު ގައިގައި ޓީޗަރެއް އަތްލުމުން މައްސަލަ ބެލުމުގެ ގޮތުން އުސޫލުގައިވާ ގޮތުން ސަސްޕެންޑުކޮށް، އެ ޓީޗަރު މާލެ ގެނެސްފައިވާ ކަމަށެވެ.