ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ހަތަރު ބިދޭސީން ހައްޔަރުކޮށް، ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް
އަދަދު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 12:00
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ ބޮޑުކަންނެލި މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުން އަންނަ މުޒާހަރާގައި ބައިވެރިވާ ބައެއް އޮޑިދޯނިފަހަރުތަކުގައި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ހަތަރު ބިދޭސީން ހައްޔަރުކޮށް، އޭގެ ތެރެއިން އެއް ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މުޒާހަރާ އިންތިޒާމުކުރާ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ސެކްރެޓްރީ ޖެނެރަލް، މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ ހައްޔަރުކުރި ހަތަރު ބިދޭސީންނަކީ ކޯޓާ އޮވެގެން ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ބިދޭސީން ކަމަށެވެ.
"އެމީހުން [ފުލުހުން] ބިދޭސީން ނަގަމުންދަނީ. އެއީ ހަމަ ކޯޓާގައި ތިބި މީހުން،" އޭނާ ވިދާޅުވި އެވެ.