މަސްވެރިންގެ މުޒާހަރާގެ ތެރެއިން މެންބަރު މައުރޫފް ހިމެނޭހެން ތިން މީހުން ހައްުޔަރުކޮށްފި

އަދަދު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 1:00

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން ގަކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހުން ހައްޔަރުކޮށްފި އެވެ.

މައުރޫފް ޒާކިރުއަކީ އެ ޖަމިއްޔާގެ ސެކްރެޓްރީ ޖެނެރަލް އެވެ.އެ ތިން މީހުން ހައްޔަރުކުރީ މަސްވެރިންގެ މުޒާހަރާ ލީޑުކުރާ ދޯނީގައި އެ މީހުން ތިއްބައި އެ ދޯންޏަށް ފުލުހުންގެ ފައުޖެއް އަރަ އެވެ.

"މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް