މުއިއްޒުގެ ކުރީގެ ޕޯސްޓެއް އަލުން ތިލަވެ ފާޑުކިޔުން އޮހެނީ

އަދަދު

12 ޑިސެމްބަރު 2025 | ހުކުރު | 11:03

ރައީސް މުހައްމަދު މުއިއްޒު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ސަފުގައި ހުންނަވައިގެން 2020 ވަނަ އަހަރު ކުރެއްވި ޕޯސްޓެއް ސޯޝަލް މީޑިއާއަށް އަލުން ތިލަވެ، އެމަނިކުފާނަށް ގިނަ ބަޔަކު ފާޑުކިޔުން އޮއްސާލައިފި އެވެ.

މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ފައި ނަންގަވައިގެން އުޅުއްވިއިރު، 2020 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރައްވާފައިވާ ޕޯސްޓެއްގައި އޭރުގެ ސަރުކާރުން މަސްވެރިންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

"މަސްވެރިންގެ ދުވަހު މަސްވެރިންނަށް މި ސަރުކާރުން ޖައްސާފައިވާ ހާލަތުގެ ހިތްދަތި ޝުއޫރު ފާޅުކުރުން. މި ނާގާބިލު، ޒިންމާދާރުކަން ކުޑަ ސަރުކާރުން ވަނީ މަސްވެރިން ނިކަމެތިކޮށް މަސްވެރިކަމުގެ ސިނާއަތް އިންދަޖައްސާލާފައި!" މަސްވެރިންގެ މުސާރާގެ ދެ ފޮޓޯއާއެކު ކުރެއްވި ޕޯސްޓުގައި މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް