މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލަނީ
އަދަދު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 5:00
ބޮޑު ކަންނެލި މަސްވެެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގިނަ ބަޔަކު ގޮވާލަން ފަށައިފި އެވެ.
މުޒާހަރާއިން ހައްޔަރުކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ސެކެޓްރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުން ދޫކޮށްލަން ގިނަ ބަޔަކު ގޮވާލަން ފަށައިފި އެވެ. މުޒާހަރާއިން ހައްޔަރުކުރީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަހްމަދު ޝަމްހީދު އެކްސް ގައި ވިދާޅުވީ މުހައްމަދު މުއިއްޒު ވީ ވައުދު ނުފުއްދައިގެން މަސްވެރިން އިހުތިޖާޖު ކުރުމުން، އޮޑިދޯނިފަހަރުގައި ތިބި މީހުން ހައްޔަރު ކުރުމުން ފެނިގެންދިޔައީ މި ސަރުކާރުގެ އަސްލުސިފަ ކަމަށެވެ.