މައުރޫފް ހުރީ އަދިވެސް ބަންދުގައި، އިމްތިޔާޒު ކޮމިޓީން ކަން ހިނގައިދިޔަ ގޮތް އިތުރަށް ބަލަނީ
އަދަދު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 10:44
މިވަގުތު ވެސް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުރީ ފުލުހުންގެ ބަންދުގައި ކަމަށާއި އޭނާ ބަންދުކުރުމުގައި އަމަލުކުރި ގޮތް ހޯދުމަށް ފަހު އިތުރު ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފި އެވެ.
މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާ ގޮތުން ޖިނާއި ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ މެންބަރަކު ތަހުގީގަކަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓު އަމުރެއް އޮންނަން ޖެހެ އެވެ. މެންބަރަކު ހައްޔަރުކޮށްފި ހާލަތެއްގައި މަޖިލީހުގެ ރައީސަށް އެކަން ލިޔުމުން އަންގަން ޖެހެ އެވެ.
މައުރޫފް ހައްޔަރުކުރީ މިއަދު މެންދުރުގެ ވަގުތެއްގައި ކަންނެލި އޮޑިއެއްގެ ވީލްހައުސްގައި ހުއްޓައި ގަދަކަމުން ބާރުގެ ބޭނުންކޮށްގެންނެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަކަށް އެރުވުމަށްފަހު ގެންދިޔައީ ދޫނިދޫއަށް ކަމަށް މައުލޫމާތު ލިބެ އެވެ.