ގާނޫނާ ހިލާފަށް މަޓޭ ހައްޔަރުކުރި ކަމަށް ބުނެ އައިޕީޔޫއަށް މައްސަލަ ހުށަހަޅައިފި

އަދަދު

12 ޑިސެމްބަރު 2025 | ހުކުރު | 1:28

ބޮޑު ކަންނެލި މަސްވެެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ބުނީ މަޖިލިސް މެންބަރުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓުމަށް އޮންނަ އައިޕީޔޫގެ ޒަމާންވީ މެންޑޭޓާ އެއްގޮތަށް މަޖިލީހުގެ ނަޒާހަތްތެރިކަމާއި މެންބަރުންގެ ހައްގުތަކާއި ރާއްޖޭގައި ގާނޫނީ ވެރިކަން ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އައިޕީޔޫއަށް ހުށަހެޅި މައްސަލައިގައި އެދިފައިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީ ކަމަށްވާ ކޮމިޓީ އޮން ދަ ހިއުމަން ރައިޓްސް އޮފް ޕާލިމެންޓޭރިއަންސްއަށާއި ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ) އަށް ވެސް މަޓޭ ހައްޔަރުކުރި މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

މައުޟޫޢުތަށް