ތިން މިނިސްޓްރީގައި ރޯވިތާ އަހަރެއް: ތަހުގީގަށް ވީ ގޮތެއް ނޭނގޭ
އަދަދު
12 ޑިސެމްބަރު 2025 | ހުކުރު | 3:07
މިދިޔަ އަހަރުގެ ޑިސެމްބަރު 12، ގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލުވި ހާދިސާއާއަށް މިއަދަށް އަހަރެއް ފުރިގެންދިޔައިރު ވެސް ތަހުގީގުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަނުކުރި އެވެ.
އެ އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން އަދަދު އިން ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރަމުންދިޔަ ނަމަވެސް އެ މުއައްސަސާއިން މިކަމާ ގުޅިގެން އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިދިޔަ ޖޫން 24، ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން މަސައްކަތްކުރި އެވެ. އެކަމަކު އެ ނޫސްވެރިންގެ ބައްދަލުވުން އެންމެ ފަހުވަގުތު ވަނީ ސަބަބު ވެސް ހާމަނުކޮށް ކެންސަލްކޮށްފަ އެވެ.