ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖުގައި ތިއްބާ މަސްވެރިންގެ ދުވަސް ފާހަގަކުރަން މުއިއްޒު ދުވާފަރަށް ވަޑައިގެންފި
އަދަދު
13 ޑިސެމްބަރު 2025 | ހޮނިހިރު | 11:00
ބޮޑުކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރަމުންދާ އިހުތިޖާޖަށް އިޖާބަ ދިނުމެއްނެތި، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރ. ދުވާފަރަށް ވަޑައިގެންފި އެވެ.
މުއިއްޒު ދުވާފަރަށް ވަޑައިގަތީ މިއަދު ހެނދުނު އެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށްދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެ ދަތުރުގެ ތެރެެއިން މިއަދު ވަނީ ބޭސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގެ 18 ރަށެއްގައި ގާއިމުކުރަން ނިންމާފައިވާ ފިއުލް ސްޓޭޝަންތަކުގެ ތެރެއިން، ފުރަތަމަ ސްޓޭޝަން ދުވާފަރުގައި ހުޅުވައިފަ އެވެ.