ދުވާފަރުގައި 50 ހައުސިން ޔުނިޓު އަޅަން އެޗްޑީސީއާ ހަވާލުކޮށްފި
އަދަދު
13 ޑިސެމްބަރު 2025 | ހޮނިހިރު | 11:19
ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓު އަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
އެޗްޑީސީއާ އެ މަޝްރޫއު ހަވާލުކުރީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް މުހައްމަދު މުއިއްޒު ދުވާފަރަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ހަފުލާތަކުގެ ތެރެއިންނެވެ. ދުވާފަރުގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރީ ކިހާވަރަކަށް ކަމެއް ނޭނގެ އެވެ.
ދުވާފަރު ހިއްކި ބިމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި އެ ރަށު ހިއްކު ބިމުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.