މައުރޫފު އާއި އިހުތިޖާޖުކުރި މަސްވެރިން ހައްޔަރުކުރި މައްސަލަ އެމްޑީޕީން އައިއެލްއޯއަށް ހުށަހަޅައިފި

އަދަދު

13 ޑިސެމްބަރު 2025 | ހޮނިހިރު | 5:21

މަސްވެރިންގެ ހައްގުތައް ހޯދުމަށް ފެށި ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން އަށް މީހަކު ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން ހުށަހަޅައިފި އެވެ.

އެމްޑީޕީން އައިއެލްއޯގައި އެދިފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، އެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވީހާވެސް އަވަހަށް އަޅައިދިނުމަށެވެ.

ހަމައެއާއެކު، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހެޔޮ ނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ އެކު މަޝްވަރާކުރުމަށް ދިވެހި ސަރުކާރަށް އަންގައިދިނުމަށް ވެސް އެދިފައިވާ ކަމަށް، އެ ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.

މައުޟޫޢުތަށް