ދަރިވަރާއި ޓީޗަރާ ދެމެދު ހަމަނުޖެހުން ހިނގީ ކްލާސް ސްކްރީންގައި ދަރިވަރު ބޭއަދަބީ ވީޑިއޯއެއް އެޅުވުމުން: ޓޭމް

އަދަދު

13 ޑިސެމްބަރު 2025 | ހޮނިހިރު | 9:13

އައްޑޫ ހައި ސްކޫލްގެ ކްލާސް ރޫމެއް ތެރޭގައި ދަރިވަރަކާއި ޓީޗަރެއްގެ ދެމެދުގައި ހަމަނުޖެހުން ހިނގީ، ކްލާހުގެ ސްކްރީނުގައި ދަރިވަރު ބޭއަދަބީ ވީޑިއޯއެއް އެޅުވުމުން ކަމަށް ޓީޗަރުން އެސޯސިއޭޝަން (ޓޭމް) އިން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެކަން ހިނގައިދިޔައީ ކްލާހުގެ ސްކްރީނުގައި ބޭއަދަބީ ވީޑިއޯއެއް ދަރިވަރުގެ ފޯނުން އެޅުވުމުން، އެ ފޯނު އަތުލަން ޓީޗަރު މަސައްކަތް ކުރުމުން ކަމަށެވެ.

"މި އެސޯސިއޭޝަނުން ބެލި ބެލުމުގައި އެ ދުވަހުގެ އެ ހާދިސާ ހިނގާނެ މެދުވެރިވި މައިގަނޑު ސަބަބަކީ ދަރިވަރެއްގެ ފޯނު މެދުވެރިކޮށް ކްލާސްރޫމުގެ ސްކްރީނަށް އަޅުވާފައިވާ ބޭއަދަބީ ވީޑިއޯއަކާ ގުޅިގެން ދަރިވަރުގެ ފޯނު އަތުލުމަށް ޓީޗަރު މަސައްކަތް ކުރުމުންނެވެ. މި އެސޯސިއޭޝަނުން ދެކޭ ގޮތުގައި އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާހުގައި ތިބޭ އަނެއް 30 ދަރިވަރުންގެ ހައްގު ވެސް އޮންނަންވާނެ،" ޓޭމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

މައުޟޫޢުތަށް