މުޒާހަރާއިން ހައްޔަރު ކުރި މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
އަދަދު
13 ޑިސެމްބަރު 2025 | ހޮނިހިރު | 10:48
ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މައުރޫފް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭނާ ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ. އެކަމަކު މިރޭ ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލީ އެ ފަސް ދުވަސް ހަމަވުމުގެ ކުރިންނެވެ.
ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލި އިރު، އޭނާ ވަނީ މިއަދު އައިޖީއެމްއެޗުގައި ކުއްލި ސާޖަރީއެއް ކޮށްފަ އެވެ. ސާޖަރީ ކުރަން ޖެހުނީ ފުރަގަސްފަރާތުން ލޭ އަންނާތީ އެ މައްސަލަ ހައްލު ކުރަން ކަމަށްވެ އެވެ.