ކިލޯއަކަށް ވުރެ ބަރު މަސް 16 ރުފިޔާއަށް ގަންނަން ނިންމައި، ތެލުން 51 ލާރި އަގުހެޔޮކޮށްފި

އަދަދު

13 ޑިސެމްބަރު 2025 | ހޮނިހިރު | 11:23

ކިލޯއަކަށް ވުރެ ބަރު ކަޅުބިލަމަސް މާދަމާއިން ފެށިގެން 16 ރުފިޔާއަށް މިފްކޯއިން ގަންނާނެ ކަމަށާއި އެސްޓީއޯއިން މަސްވެެރިންނަށް ވިއްކާ ތެލުން 51 ލާރި އަގު ހެޔޮ ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި ބާއްވާ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކިލޯއަކަށްވުރެ ބަރު މަސް މާދަމާއިން ފެށިގެން މިފްކޯއިން ގަންނާނީ މަދުވެގެން 16 ރުފިޔާއަށް ކަމަށެވެ. އަދި މަސްވެރިންނަށް ވިއްކާ ތެލުން 51 ލާރި މާދަމާއިން ފެށިގެން އަގު ހެޔޮވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިހާރު މިފްކޯއިން 16 ރުފިޔާއަށް ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް. މަސްވެރިންނާއި ކަމާ ގުޅުން ހުރި ދާއިރާތަކުގެ މަޝްވަރާއާއެކު މިހާރު މި ވަނީ، މާދަމާއިން ފެށިގެން ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން މަތިން ގަންނަ ހުރިހާ މަހެއްގެ އަގު މަދުވެގެން 16 ރުފިޔާގައި ހިފެހެއްޓުމަށް ނިންމައިފަ،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް