ތައިލެންޑުގައި އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި މިންވަރަކަށް ކެމިކަލެއް ހުރެގެން ސަމާލުވާން އެދިއްޖެ
އަދަދު
14 ޑިސެމްބަރު 2025 | އާދިއްތަ | 11:24
ތައިލެންޑުގައި އުފައްދާ ތިން ބޭހެއްގައި ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ނުރައްކާތެރި ކެމިކަލެއް ހުރި ކަމަށް ތަހުލީލުތަކުން ދައްކައިފައިވާތީ އެކަމަށް ދިވެހިން ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ތިން ބޭހުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ހުރިކަމަށް ދެއްކީ ތައިލެންޑުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ތަހުލީލުތަކަކުންނެވެ.
މީގެތެރެއިން މެޓްމޯފިން އަކީ ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި ހަކުރު ބައްޔަށް ފަރުވާއެއްގެ ގޮތުގައި ދޭ ބޭހެކެވެ. ރެނިޓިޑައިން އަކީ އެސިޑް ރިފްލަކްސް އަދި ގޭހަށް ދޭ ބޭހެކެވެ. ދެން ހިމެނެނީ ވިޓަމިން އޭ ޓެބްލެޓެކެވެ.