ވަގު ކޯޓާގެ ނެޓުވޯކެއް ހިންގި ޝަހާދަތު އާއެކު ޕީޖީން އެއްބަސްވުމެއް ހެދުމުން އަދަބު ލުއިވެއްޖެ
އަދަދު
14 ޑިސެމްބަރު 2025 | އާދިއްތަ | 11:30
ރާއްޖެއަށް ބިދޭސީން ގެނައުމުގައި ގާނޫނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ކުށް ކޮށްގެން ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިން އާއެކު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއުތިރާފު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ތަންފީޒު ކުރަން ޖެހިއްޖެ އެވެ.
އޭނާއަކީ 2014 ވަނަ އަހަރުން ފެށިގެން ޖުމުލަ ހަތަރު ވޯކް ޕާމިޓެއްގައި ރާއްޖޭގައި އުޅެމުންދިޔަ މީހެކެވެ. އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ހަ އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި ތިން ޑޮލަރު އެކައުންޓް ހިމެނެ އެވެ.
އޮކްޓޯބަރު 2019 އިން ފެށިގެން އޭނާގެ އެކައުންޓުތަކުން އަށް މިލިއަން ދިވެހި ރުފިޔާ ދައުރުކޮށްފައިވއިރު އޭނާގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ކުށާއި، ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެފަ އެވެ.