ޑިފެންސް މިނިސްޓަރު ގައްސާން ކިޑްނީގެ ސީރިއަސް ބައްޔަކަށް ފަރުވާ ހޯއްދަވަނީ
އަދަދު
14 ޑިސެމްބަރު 2025 | އާދިއްތަ | 1:38
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ކިޑްނީގެ ސީރިޔަސް ބައްޔަކަށް ފަރުވާ ހޯއްދަވަމުންދާ ކަމަށް އެނގިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްސާން މި ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް ގައްސާން އަދި ޑިފެންސް މިނިސްޓްރީގެ ބަހެއް މި ހަބަރަކަށް ނުލިބުނެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި، އާލާސްކަންފުޅާ އުޅުއްވާތީ ކެބިނެޓު ބައްދަލުވުން އަދި މުހިންމު ބައެއް އެހެން ބައްދަލުވުންތަކުގައި ވެސް ގައްސާން ބައިވެރިވެވަޑައި ނުގަންނަވަ އެވެ.