ބުދަ ދުވަހުގެ ރޭ މުއިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރަނީ
އަދަދު
14 ޑިސެމްބަރު 2025 | އާދިއްތަ | 8:22
ބުދަ ދުވަހުގެ ރޭ ރައީސް މުހައްމަދު މުއިއްޒު ދިވެހި ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިޔަފާރިވެރިންނާއެކު މުއިއްޒު ބާއްވަވާ ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގައި ކަމަށެވެ. މި ބައްދަލުވުމަށް ދިވެހި ހުރިހާ ވިޔަފާރިވެރިންނަށް ފުރުސަތު އަރުވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ހިއްސާ ކުރައްވާ، ބޭނުންވާ ކަންކަން ސީދާ އަޑުއެއްސެވުމަށް މުއިއްޒު ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.