މިދިޔަ އަހަރު ގެއްލުމުގައި ނިންމައިލި އެޗްޑީސީގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 18،600ރ. ދީފި
އަދަދު
15 ޑިސެމްބަރު 2025 | ހޯމަ | 9:51
މިދިޔަ އަހަރު ގެއްލުމުގައި ނިންމައިލި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަހުގެ ގޮތުގައި 18،600ރ. ދީފި އެވެ.
އެޗްޑީސީގެ މުވައްޒަފުންނަށް މި އަހަރުގެ ބޯނަސް ދޭން ފެށީ ރޭގަ އެވެ. އެޗްޑީސީގެ މުވައްޒަފުންނަށް ބޯނަސް ދޭން ފަށާފައި މިވަނީ ބޯސް ލިބުން ލަސްވެގެން އެ ކުންފުނީގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.
މި ސަރުކާރު އައުމުގެ ކުރިން ކޮންމެ އަހަރެއްގެ ވެސް ޖުލައި ނުވަތަ އޯގަސްޓު ހިސާބުގައި އެޗްޑީސީގެ މުވައްޒަފުންނަށް ބޯނަސް ދޭ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ބުންޏެވެ. މިދިޔަ އަހަރު ވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ދިނީ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.