މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއިން ގޮވާލައިފި

އަދަދު

15 ޑިސެމްބަރު 2025 | ހޯމަ | 9:31

މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ވަގުތުން ވަގުތަށް ދޫކޮށްލަން މަސައްކަތްތެރިންގެ ހައްގުގައި ވަކަލާތުކުރާ ބައިނަލްއަގުވާމީ ލޯޔަރުންގެ ޖަމިއްޔާއިން ގޮވާލައިފި އެވެ.

އިންޓަނޭޝަނަލް ލޯޔާސް އެސިސްޓިން ވޯކާސް ނެޓްވޯކް (އައިއެލްއޭޑަބްލިއު) އިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ބުނީ ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ނުކުމެ ކުރި އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން ބަޔަކު ހައްޔަރުކުރުމަކީ ދިވެހިރާއްޖެއިން 2023 ގައި ސޮއިކޮށްފައިވާ އައިއެލްއޯ ކޮންވެންޝަންއާ ހިލާފު ކަމެއް ކަމަށެވެ.

"މި އަމަލަކީ ދިވެހިރާއްޖެއިން 2013 ވަނަ އަހަރު ސޮއިކޮށްފައިވާ އައިއެލްއޯ ކޮންވެންޝަން 87، އާ ހިލާފުކަމެއް، އެހެންކަމުން މި ވަގުތު ހައްޔަރުކޮށްފައި ތިބި ހުރިހާ އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށާއި ތިރީގައި މި ބަޔާންކުރާ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލަމެވެ،" އައިއެލްއޭޑަބްލިއު ގެ ސިޓީގައި ބުންޏެވެ.

މައުޟޫޢުތަށް