ރާއްޖެއަށް އެތެރެކުރަން އުޅުނު ކެނަބިސް ފަތްތަކެއް އަތުލައިގެންފި
އަދަދު
15 ޑިސެމްބަރު 2025 | ހޯމަ | 12:38
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފަތްތަކެއް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ތިން ކިލޯ 50 ގްރާމު ހުރި ކަމަށެވެ. މި ތަކެތީގެ އަގު 2.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.