ވައުދުތައް ފުއްދާނެކަމުގެ ފެހި ސިގްނަލް ލިބިއްޖެ، ހައްޔަރީން ދޫކޮށްލަންދެން އިހުތިޖާޖު ކުރިއަށް ގެންދާނަން: މަސްވެރިން
އަދަދު
15 ޑިސެމްބަރު 2025 | ހޯމަ | 6:19
ބޮޑު ކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވެފައި ހުރި ވައުދުތައް ފުއްދާނެކަމުގެ ފެހި ސިގްނަލް މިއަދުގެ ބައްދަލުވުމުން ލިބިއްޖެ ކަމަށާއި މި ވަގުތު ހައްޔަރުކޮށްފައި ތިބި މަސްވެރިން ދޫކޮށްލަންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް މަސްވެރިން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއެކު ބޮޑު ކަންނެލި މަސްވެރިން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ނައިބުރައީސް އިމްރާން މުހައްމަދު ވިދާޅުވީ މިއަދުގެ ބައްދަލުވުން ދިޔައީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.
"ހިންގާ ކޮމިޓީގެ އިތުރުން ހަމަ އިސްކޮށް މި ކަމުގައި ހަރަކާތްތެރިވާ ކެޔޮޅުންތަކާ އެއްކޮށް މި ބައްދަލުވުން މި ކުރިއަށް ދިޔައީ، އެހެންވީމާ އެ ބޭފުޅުންގެ ވެސް ހުރި، މަސްވެރިކަމުގައި ނުކުމެ އުޅޭއިރު މި ދިމާވާ ކަންތައްތަކާއި މި ހުރިހާ ކަމަކަށް ވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެންދިޔަ، ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ހަމަ ވަރަށް ޕޮޒިޓިވް ވަރަށް ރަނގަޅު ބައްދަލުވުމެއް މި ދިޔައީ،" އިމްރާން ވިދާޅުވި އެވެ.