އެޗްޑީސީ އާއި މިނިސްޓްރީން ބަނދަރު ބެލެހެއްޓުން ގާނޫނާ ހިލާފު: އާޒިމް

އަދަދު

15 ޑިސެމްބަރު 2025 | ހޯމަ | 8:05

މާލެ ސަރަހައްދުގެ ބަނދަރުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޓްރާންސްޕޯޓު މިނިސްޓްރީން ބެލެހެއްޓުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް މާލޭގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގެ ބަނދަރުތައް ބޭނުން ކުރުމުގައި މަސްވެރިންނަށް ވެސް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. ނަމަވެސް އެކަން ހައްލު ކުރުމަށްޓަކައި މަސައްްކަތް ކުރާއިރު، އެ ތަންތަން ކޮންޓްރޯލް ކުރަނީ އެޗްޑީސީ އާއި މިނިސްޓްރީން ކަމަށެވެ.

"ލަމަރުކަޒީ ގާނޫނު ބުނާގޮތުން ވެއްޖެއްޔާމުން ހުރިހާ ބަނދަރުތަކެއް ހުންނަޖެހޭނީ އަޅުގަނޑުމެންގެ [ކައުންސިލްގެ] އަތުގައި އިންޓަނޭޝަނަލް ބަނދަރު ނޫނިއްޔާ، އެއީ ސީދާ ގާނޫނާ ހިލާފަށް އެޗްޑީސީން ވެސް ކުރާ ކަމެއް، ގާނޫނާ ހިލާފަށް ޓްރާސްޕޯޓު މިނިސްޓްރީން ވެސް ކުރާކަމެއް،" އާޒިމް ވިދާޅުވި އެވެ.

މައުޟޫޢުތަށް