ދަސްވެނިވި ފުލުހުންގެ ކިބައިން އިހުސާން އެދުނީ ގޭންގުތަކާއި ޑްރަގުގެ ވަބާއިން ގައުމު ސަލާމްތަވަންދެން ކެނޑިނޭޅި މަސައްކަތް ކުރުމަށް

އަދަދު

16 ޑިސެމްބަރު 2025 | އަންގާރަ | 9:27

ގޭންގުތަކާއި ޑްރަގުގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކިބައިން ގައުމު ސަލާމަތްކޮށް ކުށުގެ ވެށީގައި އުޅޭ ކުދިން ހަމަ މަގަށް އެޅުވެންދެން ކެނޑިނޭޅި މަސައްކަތް ކުރުމަށް އަލަށް ދަސްވެނިވި ފުލުހުންގެ ކިބައިން ހޯމް މިނިސްޓަރު އިހުސާން އެދިވަޑައިގަންނަވައިފި އެވެ.

އައްޑޫގައި ރޭ އޮތް ފުލުހުންގެ އިނީޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ދިވެހި ރައްޔިތުން އެދެނީ ދިވެހިރާއްޖޭގެ ކޮންމެ މަގަކީ އަދި ކޮންމެ ރަށަކީ ވެސް ރައްކާތެރިކަން ކަށަވަރުވެފައި އޮތް ތަނަކަށް ހެދުމަށް ކަމަށެވެ. އެކަން ހާސިލު ކުރުމަށްޓަކައި ފުލުހުންނާ މިޝަންތަކެއް ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތްތަކަކީ ދިވެހިރާއްޖެއިން ޑްރަގުގެ ވަބާ އެއްކޮށް ނައްތައިލުމާއި ދިވެހިރާއްޖޭގައި ގޭންގު ހަދައިގެން ކުށް ކުރަމުން މި އަންނަ ގްރޫޕުތައް އެއްކޮށް ގާނޫނުގެ ކުރިމައްޗަށް ގެނައުމާއި އަދި އެ މީހުންގެ ފަރާތުން މި މުޖުތަމައު ސަލާމަތް ކުރުން ކަމަށް އިހުސާން ވިދާޅުވި އެވެ.

މައުޟޫޢުތަށް