އެޗްޑީސީން ދިން ތިންވަނަ މުއްދަތު ފަހަނައަޅައިދިޔައިރު ވެސް ހިޔާގެ 16 ޓަވަރުގައި ލިފްޓު ހަރުކޮށް ނުނިމުނު!

އަދަދު

16 ޑިސެމްބަރު 2025 | އަންގާރަ | 2:41

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފެށި ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ މަސައްކަތް ބަޔަކާ ހަވާލުކުރިތާ 22 މަސްދުވަސް ފާއިތުވީއިރު ވެސް އެއްކޮށް ނިންމައިލަން ނުކުޅެދިއްޖެ އެވެ.

ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރަން ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 12، ގަ އެވެ. އޭރު އެއްބަސްވީ މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވި ތާރީހަކީ މި އަހަރުގެ ޖެނުއަރީ 30، އެވެ.

ނަމަވެސް އެ މުއްދަތަށް އެ ތަނުގެ މަސައްކަތް ނުނިމުމުން މަސައްކަތް ނިންމަން ދެން ކަނޑައެޅި ތާރީހަކީ މިދިޔަ އޭޕްރިލް 15، އެވެ. އެ މުއްދަތަށް ވެސް ލިފްޓުތައް ބަހައްޓައި ނުނިންމޭނެނެކަން ކަށަވަރުވުމުން އޭޕްރިލް 9، ގައި ހިޔާ ސަރަހައްދަށް ނޫސްވެރިން ގެންގޮސް، ނޮވެމްބަރު މަހުގެ ނިިޔަލަށް ލިފްޓުތައް ބަހައްޓައި ނިންމާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ.

މައުޟޫޢުތަށް