ޑްރަގް ޓްރެފިކިން ހުއްޓުވަން އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރަން އިންޑިއާ އާއެކު މަޝްވަރާކޮށްފި

އަދަދު

16 ޑިސެމްބަރު 2025 | އަންގާރަ | 10:58

ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް އިންޑިއާ އާއެކު މަޝްވަރާކޮށްފި އެވެ.

އިންޑިއާގެ ޑެޕިއުޓީ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް، ތަރުން ސޮބްތީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއާ ބައްދަލު ކުރައްވައިފަ އެވެ.

ހިލްމީގެ ދައުވަތަކަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުތައް އިތުރު ކުރުމުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުންނެވެ.

މައުޟޫޢުތަށް