ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަނުކުރަން ޕީސީބީން އަންގައިފި
އަދަދު
16 ޑިސެމްބަރު 2025 | އަންގާރަ | 1:29
ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ކުންފުނިތަކުން ހޯދަން އެދި ހުށަހަޅާ މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ހާއްސަ އޮފިސަރުން އައްޔަނުކުރަން ޖެހޭނީ އެ ކުންފުނިތަކުގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ.
އިންފޮމޭޝަން އޮފިސަރުންގެ ގޮތުގައި އަލަށް އައްޔަނުކުރާ ފަރާތްތަކާއި މިހާރު އެ ޒިންމާ އަދާކުރަމުންދާ މުވައްޒަފުންނަކީ ވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ބެހޭ އެންމެހާ އުސޫލުތަކަށް ފަރިތަ ބަޔަކަށްވުމަކީ މުހިންމު ކަމެއްކަމަށް އެ ސާކިއުލާގައި ބުންޏެވެ.