މަސްވެރިންގެ މުޒާހަރާގެ ހައްޔަރީން ދޫކޮށްލަން އދ. ގެ ހާއްސަ މަންދޫބު ގޮވާލައިފި

އަދަދު

16 ޑިސެމްބަރު 2025 | އަންގާރަ | 8:18

މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އދ. ގެ އެއްވެ އުޅުމުގެ މިނިވަންކަމާއި ބެހޭ ހާއްސަ މަންދޫބު ޖީނާ ރޮމޭރޯ ގޮވާލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖީނާ ވިދާޅުވީ މަސްވެރިންގެ މުޒާހަރާގެ ތެރެއިން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ މެންބަރުން ހައްޔަރުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މަސްވެރިން މުޒާހަރާކުރީ ސުލްހަވެރިކަމާއެކު ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގޮވާލައިކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މުޒާހަރާގެ ތެރެއިން މަސްދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ހައްޔަރުކޮށް އިމިގްރޭޝަނުގެ ޑިޓެންޝަނުގައި ބޭތިއްބުން ޖީނާ ވަނީ ވަކިން ފާހަގަކުރައްވާ، އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މައުޟޫޢުތަށް