މާލޭގައި ހިންގާ 24 މަސާޖު ޕާލާ އިދާރާތަކުން ބަންދުކުރުމުން އިތުރު 28 ތަނެއް އަމިއްލައަށް ބަންދުކޮށްފި: މުއިއްޒު
އަދަދު
16 ޑިސެމްބަރު 2025 | އަންގާރަ | 9:08
މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގަމުންދިޔަ 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށާއި މީގެ ތެރެއިން ގިނައީ އިދާރާތަކުގެ އޮޕަރޭޝަނާއި ގުޅިގެން އަމިއްލައަށް ބަންދުކޮށް އެ ވިޔަފާރިން ދުރަށް ދިޔަ ތަންތަން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގަލޮޅު ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އާންމުކޮށް އަބަދު ވެސް މަސާޖު ޕާލާތައް ބަލައި، ނުރަނގަޅުކޮށް ހިންގާ ތަންތަން އިދާރާތަކުން ބަންދުކުރާ ކަމަށެވެ. ނަމަވެސް، މިދިޔަ ހަފުތާއެއްހާ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގީ ޑިސެމްބަރު 7، ގައި ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މީހަކު މަސާޖު ޕާލާތަކާއި ގުޅޭގޮތުން ކުރި ޝަކުވާއަށްފަހު ކަމަށް ވިދާޅުވި އެވެ.
"ހަފުތާއެއް ގާތްގަނޑަކަށް މިވީ. ވީއިރުގަ. މިދިޔަ، މި ކުޑަ ދުވަސްކޮޅުގެ ތެރޭގަ ކުރެވުނު މަސައްކަތުން 52 މަސާޖު ޕާލާ ބަންދުވެއްޖެ. 52 ތަނުގެ ތެރެއިން 24 ތަން އެ އޮޕަރޭޝަންގެ ތެރެއިން ގޮސް ވަދެ، ފާހަގަވެފަ ހުރި ކަންކަމަށް ބަލާފަ. އޮންނަ އުސޫލުން ބަންދުކުރީ އެ ޓީމުން،"