ޕީއެންއެފްގެ ޖަލްސާއަށް ކަރަންޓު ދޭން ސްޓެލްކޯ އިން ދެކޮޅު ހަދައިފި: މަލީހު

އަދަދު

16 ޑިސެމްބަރު 2025 | އަންގާރަ | 9:49

މާދަމާ ރޭ ޕީއެންއެފްއިން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ކަރަންޓު ދޫކުރުމަށް ސްޓެލްކޯއިން ދެކޮޅު ހަދާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

"ރީސެޓު"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތް ކުރަމުން ދަނިކޮށް، ސްޓެލްކޯއިން އެ ސަރަހައްދަށް ކަރަންޓު ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވި އެވެ.

މަލީހު ތުހުމަތު ކުރެއްވި ގޮތުގައި މިއީ ސީދާ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ޕީއެންއެފްއަށް ޖެއްސުން ކުރުމަށް ސަރުކާރުން ކުރަމުންދާ ކަމެކެވެ.

މައުޟޫޢުތަށް