ފަތުވާ: ދިރޭތަކެތީގެ ސިފަޖެހޭ ގޮތަށް މޮނިއުމަންޓް ހެދުމާއި ބެހެއްޓުން ހަރާމް ކަމެއް
އަދަދު
16 ޑިސެމްބަރު 2025 | އަންގާރަ | 11:03
ދިރޭތަކެތީގެ ސޫރަ ސިފަވާ ގޮތަށް މޮނިއުމަންޓް ފަދަ ތަކެތި ހެދުމާއި، އެފަދަ ތަކެތި ބެހެއްޓުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފި އެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގާ ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރޭ އެއްޗެއްގެ ސިފައިގައި ބުދު، މޮނިއުމެންޓް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހެދުމާއި ބެހެއްޓުމަކީ ދީނީ ގޮތުން ހުއްދަ ނޫން ކަމެކެވެ.
މި ފަތުވާގައި ދަލީލެއްގެ ގޮތުން ނަގާފައިވަނީ މައްކާ ފަތަހަ ކުރެއްވި ދުވަހު ކައުއިތުރު ރަސޫލާ، ގެފުޅު ތެރޭގައި ހުރި ބުދުތައް ނައްތާލެއްވުމަށް ޞަހާބީންނަށް އަމުރުކުރެއްވި ހާދިސާއެވެ. އަދި އަލީގެފާނަށް ރަސޫލާ ދެއްވި އިރުޝާދެއްގައި، އެއްވެސް ބުދެއް އޭގެ ސިފަ ހަލާކުނުކޮށް ދޫނުކޮށްލުމަށާއި، އުސްކޮށް ހަދާފައިވާ ގަބުރެއް ބިމާ ހަމަނުކޮށް ދޫނުކޮށްލުމަށް އަންގަވާފައިވާކަން ފަތުވާގައި ފާހަގަކޮށްފައިވެ އެވެ.