ގެދޮރުވެރިޔާ ފްލެޓުގެ އެޑްވާންސް ކަނޑާލައި ކުލި ކުޑަކޮށްދޭން އެދިއްޖެ
އަދަދު
16 ޑިސެމްބަރު 2025 | އަންގާރަ | 10:53
މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ގެދޮރުވެރިޔާ ފްލެޓުތަކުގެ އެޑްވާންސް ޕޭމަންޓު ކަނޑާލައި ކުލި ކުޑަކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒުގެ އަރިހުން ގަލޮޅަށް ނިސްބަތްވާ ބައެއް ރައްޔިތުން އެދިއްޖެ އެވެ.
ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000ރ. އެވެ.
ގަލޮޅު ރައްޔިތުންނާ ބައްދަލުކުރުމަށް އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި ބައެއް ރައްޔިތުން ވަނީ އެޑްވާންސަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރި ކަމަށް މުއިއްޒުގެ އަރިހުގައި ދަންނަވާފަ އެވެ.