ހުލާސާކޮށް އިއްޔެ: ރާވައިގެން ހިންގި ބޮޑު ކޮރަޕްޝަން
އަދަދު
17 ޑިސެމްބަރު 2025 | ބުދަ | 6:09
މާލިއްޔަތު ގާނޫނާއި ގަވާއިދުތަކަށް ރިއާޔަތްކޮށް މިދިޔަ މަހުގެ ކުރީކޮޅު ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުތައް ބަހާލި ގޮތް، އދ. އިން ބަލާ ސަރުކާރުތަކުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތޭ ކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ރޭ ވިދާޅުވި އެވެ.
ނޮވެމްބަރު 6، ގައި ސަރުކާރުން ބޮޑު ހަފުލާއެއް ބާއްވާ ރައީސް މުހައްމަދު މުއިއްޒުގެ ވައުދު ފުއްދުމަށްޓަކައި 206 ޕްރޮޖެކްޓެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރީ ބީލަމަކަށް ނުލައި، އަދި އެއްވެސް ހާމަކަމެއް ނެތި އެވެ. މިކަމާއި ގުޅިގެން އޭރު ވެސް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރި އެވެ.
އޭނާގެ ކަންބޮޑުވުންތައް އަލުން ތަކުރާރުކުރެއްވީ މުއިއްޒު ގަލޮޅު ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެގޮތުން މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކަކީ އުވާލުމުގެ މަރުހަލާގައި ހުރި އަދި ކޮންސްޓްރަކްޝަން ކުންފުނިތައް ރޭޓުކުރާ ރޭންކިން އިން ދަށުގައި ހުރި ކުންފުނިތައްކަން އޭނާ ފާހަގަކުރި އެވެ.